އިންކަމް ސަޕޯޓް ޕްރޯޖެކްޓް

ކޮވިޑް-19 އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް

ކޮވިޑް-19 އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓަކީ ކޮވިޑާ ގުޅިގެން އިޤްތިސާދު ހުއްޓެ މަސައްކަތްތެރިންގެ އާމްދަނީއަށް ނުރަނގަޅު އަސަރުކުރުމާ ގުޅިގެން އެފަރާތްތަކަށް އެހީވެދިނުމުގެ ގޮތުން ވޯލްޑް ބޭންކްގެ އެހީއާއެކީ ފެށުނު ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ވަޒީފާ ނެތިފައިވާ ފަރާތްތައް އަލުން އަނބުރާ ވަޒީފާގެ ބާޒާރަށް ނެރުމަށާ އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ކުރިއެރުވުމަށް އެހީތެރިކަންވަނީ ދެވިފައެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން، ވަޒީފާގެ ބާޒާރަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ތިބެގެން ބޭނުންވާނެ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕޮރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ސެޓިފިކެޓް ލެވެލްގެ ތަމްރީން ޕްރޮގްރާމްތަކަށް އަމާޒްކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށެވެ.

ފޭސް 1ގެ އެެޕްލިކޭޝަން ނިމިފައި

ސުންގަޑި:ވަކިވަކި ލިސްޓިންގުގައިވާ ސުންގަޑިތަކާ އެއްގޮތަށް

ތަމްރީނު ޕްރޮގްރާމް

ތަމްރީން ޕްރޮގްރާމްގެ ދަށުން ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރާއި ތަމްރީނު ހޯދުމުގެ ފުރުސަތުތައް އަންނަނިވި ތިން ދާއިރާއިން ލިބިގެންދާނެއެވެ.

(1) އެކައުންޓިންގ
(2) އިންފޮމޭޝަން ޓެކްނޮލޮޖީ
(3) ޑައިވިންގ

ފޭސް 2ގެ އެެޕްލިކޭޝަން ނިމިފައި

ސުންގަޑި: ވަކިވަކި ލިސްޓިންގުގައިވާ ސުންގަޑިތަކާ އެއްގޮތަށް

ސެލްފް އެމްޕްލޯއިޑް ސަޕޯޓް ޕްރޮގްރާމް

މި ޕްރޮގްރާމްގެ ދަށުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 އާ ގުޅިގެން އެފަރާތެއްގެ އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަޕޯޓް ޕްރޮގްރާމްގެ ދަށުން މާލީ އަދި ޓްރެއިނިންގް އެހީ ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން 9 ދާއިރާއަކުން އެހީތެރިކަން ދިނުމަށްވަނީ ހަމަޖެހިފައެވެ.

ފޭސް 3ގެ އެެޕްލިކޭޝަން ހުޅުވާލެވުނީ: 01 ޖެނުއަރީ 2022

ފޭސް3ގެ އެޕްލިކޭޝަން ހުށަހެޅުން ބަންދުކުރެވިފައި