އަޅުގަނޑުމެން

މި އޮންލައިން ވަޒީފާގެ މަރުކަޒަކީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމަކަށް ތައްޔާރުކުރެވިފައިވާ ނިޒާމެކެވެ. މިނިޒާމުގެ މަޤްސަދަކީ ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެންހުރި ވަޒީފާތައް ބަލައިލާ އެ ވަޒީފާތަކަށް ކުރިމަތިލުމުގެ މަގުފަހިކޮށްދިނުމެވެ.
މި ނިޒާމާއެކު، ވަޒީފާގެ މާރުކޭޓުގައި ހުރި ފުރުޞަތުތައް ދިވެހިންނަށް ފަހިކޮށްދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވަޢުދުފުޅު ވަނީ ފުރިހަމަ ވެގެން ގޮސްފައެވެ،
މި އޮންލައިން ނިޒާމަކީ އެންމެ ފިތަކަށް ފިތައިލާގެން ގުޅޭ ވަޒީފާއެއް ހޯދުމަށް އެންމެ ފުރިހަމަ ތަނެވެ.