މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވާލްޑް ބޭންކް އާ ގުޅިގެން ކުރިއަށް ގެންދަމުންދާ މޯލްޑިވްސް ކޮވިޑް-19 އިމެޖެންސީ އިންކަމް ސަޕޯޓް (އެމް.ސީ.އީ.އައި.އެސް.ޕީ) ޕްރޮޖެކްޓުގެ ދަށުން، ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރާއި ތަމްރީނު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 2022 ގެ ޑިސެންބަރު މަހުގެ ނިޔަލަށް 'އިންކަމް ސަޕޯޓް ޓްރެއިނިންގ' ގެ ނަމުގައި ތަމްރީނު ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް ގެ ދަށުން ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ތިރީގައި މިދަންނަވާ 3 ދާއިރާއަށެވެ.
- އެސޯސިއޭޝަން އޮފް ޗާރޓާޑް ސެޓިފައިޑް އެކައުންޓަންޓްސް (އޭސީސީއޭ)
- އޭސީސީއޭ - ނޮލެޖް ލެވެލް
- އޭސީސީއޭ - ސްކިލް ލެވެލް
- ޗާރޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީމާ)
- ސީމާ - ސެޓްފިކެޓް ލެވެލް
- ސީމާ - އޮޕްރޭޝަނަލް ލެވެލް
- އެސޯސިއޭޝަން އޮފް އެކައުންޓިންގ ޓެކްނީޝަންސް (އޭއޭޓީ)
- އޭއޭޓީ - ލެވެލް 2
- އޭއޭޓީ - ލެވެލް 3
- ސެޓިފައިޑް އެކައުންޓިންގ ޓެކްނީޝަންސް (ސީއޭޓީ)
- ސީއޭޓީ - ލެވެލް 1
- ސީއޭޓީ - ލެވެލް 2
- ސީއޭޓީ - ލެވެލް 3
- ކްލައުޑް އެންޑް ސައިބަރ ސެކިއުރިޓީ
- މަލްޓިމީޑިއާ
- ސާރވަރ އެންޑް ނެޓްވޯކިންގ
- ވެބް ޑިޒައިން އެންޑް ޑިވެލޮޕްމަންޓް
- ޑައިވް މާސްޓަރ ކޯސް
- އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސް
މި ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ތިރީގައި މިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރައްވާށެވެ.